ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އަމީތާބާއި އޭނާގެ އަންހެނުން ޖާޔާ
އަނބިމީހާ ކުރު ކަމަށް ބުނެ އެކަމަށް އަމީތާބު ޖޯކު ޖަހައިފި
ބޮލީވުޑުގެ ކާމިޔާބު ބަތަލު އަމީތާބު ބައްޗަން، އޭނާގެ އަނބިމީހާ އަދި ބަތަލާ ޖާޔާ ބައްޔަން އޭނާއަށް ވުރެ ކުރުކަމުން އެކަމަށް ޖޯކު ޖަހައިފި އެވެ.
Advertisement
ބޮލީވުޑުގެ ކާމިޔާބު ބަތަލު އަމީތާބު ބަޗަން، އޭނާގެ އަނބިމީހާ އަދި ބަތަލާ ޖާޔާ ބަޗަން އޭނާއަށް ވުރެ ކުރުކަމުން އެކަމަށް ޖޯކު ޖަހައިފި އެވެ.

އަމީތާބު ހުށަހަޅާ މަޝްހޫރު ގޭމް ޝޯ، ކޯން ބަނޭގާ ކަރޯޑްޕަތީގައި އެ ޝޯގެ ބައިވެރިއަކާ ވާހަކަ ދައްކަމުން އަމީތާބު ވަނީ އޭނާ އާއި އަނބިމީހާގެ އިސްކޮޅާ ގުޅިގެން ވާހަކަ ދައްކާފަ އެވެ.

ކައިވެނީގެ ވާހަކަތަކެއް ދައްކަމުން އަމީތާބު ވަނީ އޭނާގެ އަންހެނުން އިސްކޮޅުން ކުރުކަމުން އޭނާއަށް ބަލަން ޖެހޭ ގޮތާއި މެދުވެސް މަޖާ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.

އުމުރުން 77 އަހަރުގެ އަމީތާބާއި 71 އަހަރުގެ ޖާޔާ ކައިވެނިކުރީ 1973 ވަނަ އަހަރު އެވެ.

އަމީތާބް ދިގުވެފައި ޖާޔާ މާކުރުވުމުން އަމީޔާބުގެ ކޮނޑާ ހަމައަށް ޖާޔާ އަރަނީ ހަމަ ކިރިޔާ އެވެ.

ބޮލީވުޑުގެ އެންމެ ދުވަސްވީ އެއް ޖޯޑު، އަމީތާބާއި ޖާޔާގެ ލޯތްބަކަށް ބަދަލެއް ނާދެ އެވެ.

އެމީހުންގެ ކައިވެންޏަށް ދެ ދަރިން ލިބުނުއިރު އެއީ ޝްވެތާ ބަޗަން އާއި އަބީޝޭކް ބަޗަން އެވެ.

ޝްވެތާ އާއި އަބީޝޭކަށް ވެސް ދަރިން ލިބިފައިވާއިރު އަމީތާބާއި ޖާޔާ އަންނަނީ އެ ކުދިންނާއެކު ވެސް ވަގުތު ހޭދަކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް