![](https://cnm.mv/media/images/2404183_big-lnd-181-e1424752101781.jpg)
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މުންދު މީސްމީޑިއާގައި ދައުރު ކުރިކަމަށް ބުނެ މިނިސްޓަރު ފުލުހުންނަށް ދީފައިވާ މައުލޫމާތަކާއި ގުޅިގެން މިއަދު މުންދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު މީޑިއާތަކަށް އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މުންދު ވިދާޅުވީ، އޭނަގެ މައްޗަށް މިނިސްޓަރު އަމީރު ކުރައްވާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެެއް ކަމަށެވެ. އަދި ސަރުކާރުގެ އިދާރާއަކުން މިހާތަނަށް ގަލަމެއްހާ ހިސާބުވެސް ނަގާފައިނުވާ ކަމަށާއި އެތަނުން ސިޓީއެއް ވަގަށް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ސިޓީގައި "ސިއްރު" ޖަހާފައި ނެތުމުން އެ ސިޓީއަކީ ސިއްރެއް ނޫންކަމަށް ގަބޫލުކުރާކަމަށާއި އަދި އޭގައިވާ މައުލޫމާތަކީ ސައްހަ އެއްޗެއްކަން މިހާރު އެނގި ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެއީ ކޮންމެ މީހަކު ނެގި ފޮޓޯއެއް ކަމަށް ވީނަމަވެސް އެ މީހަކާއި މެދުވެސް ތަހުގީގުކުރެވިގެން ނުވާނެ ކަމަށާއި އަދި އޭނާ ނޫނަސް އެހެން މީހަކަށް އެ ތަހުގީގު ރައްދުވިނަމަވެސް އެއީ ކުރެވޭނެ ތަހުގީގެއް ނޫންކަމަށްވެސް ފުލުހުންނަށް ދަންނަވާފަ ވާނޭ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ފުލުހުން އެެންމެ ފުރަތަމަ އޭނާއަށް އަންގާފައިވަނީ ފުލުހަށް ހާޒިރުކުރަނީ ފިނޭންސް މިނިސްޓަރު ފުލުހުންނަށް ހުށަހަޅާފައިވާ މައުލޫމާތަކާއި ގުުޅިގެން މައުލޫމާތެއް ސާފުކުރަން ކަމަށެވެ. ނަަމަވެސް ފުލުހަށް މިއަދު ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިގެން ތަހުގީގެއް ކުރަންކަން ފުލުހަށް ހާޒިރުވުމުން އެނގުނުކަމަށް މުންދު ވިދާޅުވިއެވެ.
އަދި އެ ތުހުމަތަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މުންދު މީސްމީޑިއާގައި ދައުރު ކުރިކަމަށް ބުނެ މިނިސްޓަރު ފުލުހުންނަށް ދީފައިވާ މައުލޫމާތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތަކެއް ކަމަށް މުންދު ވިދާޅުވިއެވެ.
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މުންދު ފޭސްބުކް ޕޭޖުގައި ހިއްސާކުރުމާއިއެކު ފިނޭންސް މިިިނިސްޓްރީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް ފަހުން ކޮވިޑް-19 އާއި ގުޅިގެން ދައުލަތައް ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެ އިމާރާތް ރަހުނުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ސަރުކާރުން ބުނެފައިވެއެވެ.