އެގޮތުން ކޮންމެ ދުވަހަކު ވެސް ކަސްރަތަށް ހާއްސަ އިސްކަމެއް ދޭއިރު ކެއުމުގެ ވައްޓަފާޅިއަށް ވެސް އޭނާ ނިކަން ބަލަ އެވެ. މިގޮތުން ސިއްހަތަށް ރަނގަޅު ކެއުމަށް ސަމާލުކަން ދެ އެވެ.
ޝިލްޕާ ކޮންމެ ދުވަހެއް ވެެސް ފަށަނީ ތާފަނާ ފެން ތައްޓަކުންނެވެ. އަދި ޔޯގާ ކުރުމަށް ލޯބިކުރާ ޝިލްޕާ، ހެނދުނުގެ ނާސްތާއަކަށް ނަގަނީ އޯޓްސް އަދި މޭވާގެ ބާވަތްތަކެވެ. އަދި ކެެއުމުގެ ބާވަތްތަކުގައި މާމުއި ބޭނުންކުރެ އެވެ.
އޭގެ އިތުރުން އަލްމަންޑް މިލްކާއި ރޯ އޯޓްސް އަދި މާމުއި އާއި މޭވާގެ ބަވަތްތައް އެއްކޮށްގެން ކައެވެ.
މެންދުރުގެ ކެއުމުގެ ގޮތުގައި އޭނާ ނަގަނީ ބަތާއި ކުކުޅު ނޫނީ ކޮންމެވެސް ކަހަލަ މަހެކެވެ.
ކެއުމަށް ބަލާ ފަދައިން ކޮންމެ ދުވަހަކު ވެސް ވަރަށް ގިނައިން އޭނާ ފެން ބޮއެވެ.