
ރިޝީ ކަޕޫރު---
ރިޝީ ކަޕޫރުގެ ފަހު ފިލްމު އޭނާގެ އުފަން ދުވަހު ނެރެނީ
16 ޖެނުއަރީ 2021 - 08:09:18
މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ރިޝީ ކަޕޫރު މަރުވެފައިވާއިރު އޭނާ މަރުވުމުގެ ކުރިން މަސައްކަތްކުރި އެންމެ ފަހު ފިލްމު، އޭނާގެ އުފަން ދުވަހު އަޅުވަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 67 އަހަރުގައި ރިޝީ މަރުވިއިރު އޭނާގެ އުފަންވީ 1952 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެ އެވެ.
އެހެންކަމުން ފިލްމު އަޅުވަން ނިންމާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
"ޝަރްމާޖީ ނާމްކީން" ގެ މަސައްކަތުގައި އެންމެ ފަހުން ރިޝީ އުޅުނުއިރު އެ ފިލްމުގެ ޝޫޓިން އަދި އެއްކޮށް ނުނިމެ އެވެ. އެހެންނަމަވެސް އެކްޓަރު ޕަރޭޝް ރާވަލް މިވަނީ ފިލްމު ނިންމުމުގެ މަސައްކަތުގައި އަމާޒު ހިފާނެކަމަށް ބުނެފަ އެވެ.
ރިޝީ މަރުވީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް އިންޑިއާގަ އެވެ.
އިންޑިއާގެ އެންމެ ފުރަތަމަ ފިލްމީ އާއިލާ އަށް އުފަން، ރިޝީ ކަޕޫރަކީ ކުޅަދާނަ އެކްޓަރު ރާޖް ކަޕޫރްގެ ދަރިއެކެވެ. އަދި ރިޝީގެ ކާފަ އަކީ 1950 ގެ އަހަރު ތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި އެއް ތަރިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް