ހުކުރު ދުވަހުގެ ރޭ ކްލަބު އީގަލްސް އަތުން ހޯދި މުހިއްމު ތިން ޕޮއިންޓާ އެކު ގްރީން އޮތީ ޓޭބަލްގެ ތިންވަނަައިގައެވެ. އީގަލްސް އޮތީ ފުލުން ދެވަނައިގައެވެ. ގްރީން ތިންވަނައިގަ އޮތީ އެ ޓީމު ކުޅުނު ހަ މެޗުން ހޯދި އަށް ޕޮއިންޓާ އެކުއެވެ. އީގަލްސްއަށް ހަ މެޗުން ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.
ހުުކުރު ދުވަހުގެ ރޭ ކުޅުުނު މެޗުގައި އީގަލްސްއިން އެންމެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި އަލީ ޝާމިއުއެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން ބިދޭސީ ކުޅުންތެރިޔާ މުނޯޒް ވަނީ އިތުރު ލަނޑެއް ގްރީންއަށް ޖަހައިދީފައެވެ. ގްރީންގެ ތިންވަނަ ލަނޑުވެސް އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހާފައެވެ. ގްރީންގެ ފަހު ލަނޑާއި އީގަލްސްގެ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.