11567
CONFIRMED

DEATHS
10652
RECOVERED
🌏43,907,193
INFECTED
🌏29,731,128
RECOVERED
🌏1,166,240
DEATH
🌏68%
RECOVERY RATE
އަޔުޝްމަންގެ ދެކުދިން ބުނަނީ ބާލާގައި އަޔޫޝްމަން ޖަހަނީ މިވައްތަރު ކަމަށް!
Share
އަމަރު ކައުޝިކް ޑައިރެކްޓްކުރި ފިލްމު، "ބާލާ" މިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ނެރެފަ އެވެ. ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ގިނަ ބަޔަކަށް ވަނީ ފިލްމުގެ ލީޑު ބަތަލު އަޔުޝްމަން ކުރާނާގެ އެކްޓު ވަރަށް ކަމުގޮސްފަ އެވެ.
Advertisement
އަމަރު ކައުޝިކް ޑައިރެކްޓްކުރި ފިލްމު "ބާލާ" މިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ނެރެފަ އެވެ. ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ގިނަ ބަޔަކަށް ވަނީ ފިލްމުގެ ލީޑު ބަތަލު އަޔުޝްމަން ކުރާނާގެ އެކްޓު ވަރަށް ކަމުގޮސްފަ އެވެ.

ފިލްމުގައި އަޔުޝްމަން ފެނިގެންދަނީ ތަލަ މީހެއްގެ ގޮތުގަ އެވެ. ކޮންމެއަކަސް ބެލުންތެރިން މިވަނީ އަޔުޝްމަންގެ މި ފެނިލުމަށް ވެސް ވަރަށް ތައުރީފުކޮށްފަ އެވެ.

މިވަގުތުގައި އަޔުޝްމަންގެ ދެ ދަރިން ކަމަށްވާ ހަތް އަހަރުގެ ވިރާޖްވީރު އާއި ފަސް އަހަރުގެ ވަރުޝްކާ މިވަނީ ބައްޕަ އެ ފިލްމުގައި ފެންނަ ގޮތް ކުރަހާފަ އެވެ.

އަޔުޝްމަންގެ އަންހެނުން ތާހިރާ ކަޝްޔަޕް ވަނީ އެ ކުރެހުން ސޯޝަލް މީޑިއާގައި އާންމުކޮށް، ބާލާއަށް އޭނާ ކޮށްފައިވާ މަސައްކަތުގެ އަގު އެކުދިން ވަޒަންކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ.

އެކުދިން ކުރަހާފައިވާ ފޮޓޯއަކީ ބާލާގެ ޕޯސްޓަރެއްގެ ފޮޓޯއެކެވެ. އެގޮތުން އަޔުޝްމަންގެ ބޮލުގެ ދެ ފަރާތުގައި އެކަނި އިސްތަށި ހުރި މަންޒަރު އެކުދިންގެ ކުރެހުމުން ވެސް ފެނެ އެވެ. އަދި ބޮލުގެ މެދުގައި އިސްތަށި ނެތް ބަޔަށް ފެން ޖަހާ މަންޒަރު ވެސް ފެނެ އެވެ.


އަޔުޝްމަންގެ ދެކުދިން އުޅޭލެއް ލޯބިކަމުން އެ ކުދިންނަށް އަބަދުވެސް ސަމާލުކަން ލިބެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް