އެޗްޕީއޭއިން ބުނީ އެ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވިކަން ރިޕޯޓުކޮށްފައިވަނީ މިއަދު ކަމަށެވެ.
އަދި އެ ކޭސްއާ ގުޅިގެން މިހާތަނަށް 12 ޓީޗަރަކު ކޮންޓެކްޓް ޓްރޭސިންއިން ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ގާޒީ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވް ވެފައިވާއިރު ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ކޭސްއާ ގުޅިގެން ހަތަރު ދަރިވަރުން ކޮންޓެކް ޓްރޭސިންއިން ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ ދެ ސްކޫލުން ޕޮޒިޓިވް ކޭސްތަކެއް ފެނުނު އިރު، އިއްޔެ ބިލަބޮންގް ސްކޫލުގެ ހަތަރު ދަރިވަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ދަރިވަރުން ސްކޫލަށް ހާޒިރު ނުވާތީވެ، އެ ސްކޫލުގެ އެއްވެސް މުވައްޒަފަކު އަދި ދަރިވަރަކުވެސް އެ ކޭސްތަކާ ގުޅިގެން ކަރަންޓީންކޮށްފައި ނުވެއެވެ.