ހަބަރު /

ފާތިމަތު ނަހުލާ -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
ގައުމީ ފިލްމު އެވޯޑު ނަހުލާއަށް ޒާތީވެއްޖެ
14 ނޮވެންބަރ 2019 - 10:01:24
ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްއަކީ "ޒާތީ" އެވޯޑެއްގެ ގޮތުގައި މަޝްހޫރު ފިލްމު، އުފެއްދުންތެރިޔާ ފާތިމަތި ނަހުލާ ސިފަކޮށްފި އެވެ.
ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްއަކީ "ޒާތީ" އެވޯޑެއްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތި ނަހުލާ ސިފަކޮށްފި އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)އިން އިންތިޒާމު ކުރާ ދިވެހި ފިލްމު އެވޯޑު، މާދަމާ ރޭ ބާއްވަން ތައްޔާރުވަމުން ދަނިކޮށް ނަހުލާ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ މިވަގުތު ކޮލަމްބޯގައި ހުރީ "ދިވެހި ޒާތީ ފިލްމު އެވޯޑް" އަށް ވުރެ މަތީ ދަރަޖައިގެ އެވޯޑަކާ ހަވާލުވުމަށް ކަމަށެވެ.
ސައުތު އޭޝިއަން ބިޒްނަސް އެކްސަލެންސް އެވޯޑުގައި ނަހްލާއަށް ލިބެނީ "އައުޓްސްޓޭންޑިން ވިމެން ލީޑާޝިޕް އެވޯޑު" އެވެ.
ދިވެހި ފިލްމު އެވޯޑްސްއަކީ "ޒާތީ" އެވޯޑެއްގެ ގޮތުގައި ނަހުލާ ސިފަކުރިއިރު މީގެ ކުރީގެ އަހަރުތަކުގައި ވެސް ނަހްލާ ވަނީ ދިވެހި ފިލްމު އެވޯޑްސް އަށް ފާޑުކިޔާފަ އެވެ. އަދި ފިލްމު އެވޯޑްސްގެ ފަނޑިޔާރުންގެ މައްސަލަތަކެއް ވެސް ނަހްލާ މީގެކުރިން ވަނީ ފެންމަތިކޮށްފަ އެެވެ.
ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފީޗާ ފިލްމުތަކުގެ ބައިން އެވޯޑް ހޯދުމަށް ނަހުލާ ވަނީ އޭނާ ޕްރޮޑިއުސްކުރި ފިލްމު "ބޮސް" ހުށަހަޅާފަ އެވެ. ނަމަވެސް އެ ފިލްމު އެންމެ މޮޅު ފަސް ފިލްމުގެ ބަޔަކު ނުހިމެނެ އެވެ. އަދި ފީޗާ ފިލްމުގެ ބައިން އެންމެ މޮޅު ފަސް ޑައިރެކްޓަރުންގެ ތެރޭގައިވެސް ނަހުލާގެ ފިލްމެއްގެ ޑައިރެކްޓަރަކު ވެސް ނުހިމެނެ އެވެ.
އެކަމަކު ނަހުލާގެ ފިލްމު، ބޮސްގެ ދެ އެކްޓަރުން ކަމަށްވާ ފާތިމަތު އާޒިފާ އާއި އިބްރާހިމް ޖިހާދު، އެންމެ މޮޅު ފަސް ސަޕޯޓިން އެކްޓަރުގެ ބައިން އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ.
ފިލްމު އެވޯޑްސްގެ ފިލްމުތައް ޖަޖްކުރާ ޖޫރީ ޕެނަލްގައި ހިމެނެނީ ހަތް މެމްބަރުންނެވެ. އެއީ ފިލްމީ ދާއިރާގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އާއި އާމިނަތު ނަޖީބާއި، ފާތިމަތު ލީޒާ އާއި، އައިމިނަތި އީނާސް އާއި، އަހްމަދު އަހުސަނުގެ އިތުރުން އުރީދޫގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް