ads
މޯލްޑިވްސް މީޑިއާ ކައުންސިލް--
މީޑިއާ ކައުންސިލުން އެނގުމުން ވެސް މައާފަށް ނޭދުނު!
ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް، "ދެން" އޮންލައިންގައި ލިޔުމެއް ލިޔެފައިވާ ކަމަށް ބުނެ އެކަމަށް މައާފަށް އެދެން މީޑިއާ ކައުންސިލުން އަންގައިފިވީނަމަވެސް، އެ އޮންލައިނުން މީޑިއާ ކައުންސިލުން އެންގި ގޮތަށް އާންމުކޮށް މާފަށް އެދިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަކުރާރު ނުކުރުމަށް މިއަދު އިންޒާރުދީފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނީ ދެން އޮންލައިންގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ގައި ޝާއިއުކުރި "ދަރިއަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް އަމަލުކުރަން ޖެހޭތަ؟" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުން ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފު ކަމަށެވެ. 

އެ ސަބަބާހުރެ މީޑިއާ ކައުންސިލުން އެ އޮންލައިނަށް އަންގާފައި ވަނީ ދިވެހި މީޑިއާތަކުގެ ހަމަތަކާއި އަހްލާގީ މިންގަނޑުގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާއާ ހިލާފު އެ ލިޔުން ވެބްސައިޓުން ނެގުމާ އެކު އާންމުކޮށް ފެންނާނެ ގޮތަށް މާފަށް އެދި 5 ނޮވެމްބަރު 2020ގެ 13:00 ގެ ކުރިން ބަޔާނެއް ޝާއިއުކުރުމަށާއި އެނޫހުން ބޭނުން ކުރާ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް އެ ބަޔާން ފެންނާނެ ގޮތް ހެދުމަށެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ލިޔުމާ މެދު އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަންކަން ބެލި ބެލުމުން އެ ލިޔުމަކީ ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑުގެ ނުވަ ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ލިޔުމެއްކަމަށް ނިންމާފައިވާ ކަމަށެވެ. 

އެ މާއްދާގައި ބުނެފައި ވަނީ، "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ދުރުހެލިވާނެ ކަމަށެވެ. 

އޭގެ އިތުރުން އެ ލިޔުން ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު" ގެ ދިހަ ވަނަ މާއްދާއާވެސް ހިލާފު ލިޔުމެއްކަމަށް ނިންމިފައިވާއިރު އެ މާއްދާގައި ވަނީ، ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، އާންމު އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ ހަޑިހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް