ads
ހީނާ ހާން--
ހީނާގެ މި ދަބަހުން ސައިކަލެއް ވެސް ގަނެވޭނެ
ހިނާ ހާން އަކީ ގިނަ ބެލުންތެރިންނަށް ވަރަށް ކަމުދާ ފަރާތެކެވެ. ހިންދީ އެކި ސީރީޒްތަކުން ހީނާ ވަނީ ގިނަ ފަރާތްތަކުގެ ހިތް އަތުލާފަ އެވެ.

ހީނާ ގެ ހެދުން އެޅުމުގެ ގޮތާއި އޭނާ ރީތިވާ ސާމާނަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗިއްސެވެ. އޭނާ އަކީ މޭކަޕްގެ ސާމާނުތަކަށް ދެވިހިފާފައިވާ މީހެކެވެ. މީގެ އިތުރުން ތަފާތު ދަބަސްތަކަކީ ވެސް ހީނާއަށް ވަރަށް ކަމުދާ އެއްޗެކެވެ.

ވަރަށް ފަހުން ކާފްތާން ސިޓީއަށް ހީނާ ދިޔައިރު އޭނާ އަޅައިގެން ހުރި ގޫޗީ ދަބަހަކީ ގިނަ ބައެއްގެ ސަމާލުކަން އަތުލި ދަބަހެކެވެ. އާންމުކޮށް ހީނާ ބޮޑެތި ދަބަސް ހިފައިގެން އުޅެނިކޮށް ވަރަށް ނުފެނެ އެވެ. ނަމަވެސް މި ފަހަރު އޭނާ ފެނުނީ އޮޕީޑާ ސޮފްޓް ގޫޗީ ސްޕްރީމް މީޑިޔަމް ޓޯޓްގެ ދަބަހެއް އަޅައިގެން ހުއްޓަ އެވެ. މުށި ކުލައިގެ އެ ދަބަހަކީ ވަރަށް ވެސް އަގުބޮޑު ދަބަހެކެވެ.

your imageހީނާ ހާން ގޫޗީ ބަދަސް ހިފައިގެން--

އެ ދަބަހުގެ އަގަކީ 1750 ޑޮލަރެވެ. އިންޑިއާ ރުޕީސްއިން ނަމަ އެއީ 127،750 ރުޕީސް އެވެ. އެ އަދަދަށް ލެޕްޓޮޕެއްގެ އިތުރުން ސުޒުކީ ސައިކަލެއް ވެސް މީހަކަށް ގަނެވިދާނެ އެވެ. ނޫނީ ހިތް ފަސޭހަ މާހައުލަކަށް ޗުއްޓީ ހޭދަކުރުމަ ށްވެސް ދެވިދާނެ އެވެ.

ހީނާ އަކީ އިންޑިއާގެ ޓީވީ އެކްޓަރުންގެ ތެރެއިން އެންމެ އާމްދަނީ ބޮޑު އެކަކަށް ވާތީ އެވަރުގެ އަގުބޮޑު ދަބަހެއް ގަތުމަކީ އޭނާއަށް ވަރަށް ފަސޭހަ ކަމެކެވެ.

މީގެ ހަފްތާތަކެއް ކުރިން ހީނާ އޭނާގެ ކަބަޑު ތެރެ ދައްކާލިއިރު ކުދި ދަބަހާއި ގޫޗީގެ ސްކޫލް ބަދަސް ވެސް ހުރިތަން ފެނިގެން ގޮސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް