ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝިމާޒު ވިދާޅުވީ އެ ސަރަހައްދު ކަނޑައެޅުމަށް ހުޅުމާލެއިން ހާއްސަ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ބައެއް އިދާރީ މަސައްކަތްތައް ކަމަށެވެ.
އަވަސް މުސްތަގުބަލެއްގައި އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް އެތަން ހުޅުވާލާނެ ކަމަށް ވެސް ޝިމާޒް ވިދާޅުވި އެވެ.
ސައިކަލު ދުއްވަން ދަސްކުރަނީ-- ފޮޓޯ: ރާއްޖެއެމްވީ
މާލޭގައި ސައިކަލު ދުއްވަން ދަސްކުރާ ފަރާތްތަކަށް ވަކި ހާއްސަ ސަރަހައްދެއް މިހާރަކު ނޯވެ އެވެ. އެހެންކަމުން ގިނަ ބަޔަކު ސައިކަލު ދުއްވަން ދަސްކުރަން ދަނީ އިންޑަސްޓްރިއަލް ޒޯނަށެވެ.
އެތަނަކީ ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދަކަށް ވުމުން އެއީ ސައިކަލު ދުއްވަން ރައްކާތެރި ސަރަހައްދެއް ކަމަށް ގިނަ ފަރާތްތަކުން ނުދެކެ އެވެ.