ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ހޫދަށް ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް ހަވާލު ކުރެއްވީ މިއަދު އެވެ.
މި ބަދަލާއެކު ދެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހާ މަސައްކަތްތައް ބަލަހައްޓަވާ، ވިލަރެސް ކުރައްވާނީ ހޫދުގެ ބެލުމުގެ ދަށުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލަކީ ރައީސް އޮފީހުގެ ސެކްރެޓަރީ އަދި ކޮމިއުނިކޭޝަންސްގެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން އިސްމާއީލް އިސްތިއުފާ ދެއްވުމާއި ގުޅިގެން ގެނެވުނު ބަދަލެކެވެ. ހަސަން އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގަ އެވެ.