ads
އެންމަޑި--
އެންމަޑި ހިމާޔަތް ކުރަން ރާއްޖެއިން ކުރާ މަސައްކަތް ސީއެންއެންއަށް
އެންމަޑި ހިމާޔަތް ކުރަން ރާއްޖެއިން ކުރާ މަސައްކަތް ސީއެންއެންއިން ގެނެސްދޭން ފަށައިފި އެވެ.

ސީއެންއެން އިން ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅާ ކުރިޔަށް ގެންދާ "ސިއެންއެންސް ކޯލް ޓު އާތު" ގައި އެންމަޑި ހިމާޔަތް ކުރުމަށް، ރާއްޖެއިން ކުރިޔަށްގެންދާ "މަންޓާ ރޭ ކޮންޒަވޭޝަން" އަށް އަމާޒުކޮށްގެން މި މަހުގައި ޕްރޮގްރާމެއް ދަނީ ކުރިއަށެވެ.

އެންމަޑި ހިމާޔަތް ކުރާ ގުރޫޕުން އެ މަޑިތައް އާލާކުރުމާއި އޭގެ ހަރަކާތްތައް ދެނެގަތުމަށް ކުރާ މަސައްކަތާއި، މައިގަނޑު ގޮތެއްގައި މަންޓާތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް ދެނެގަތުމަށް ސީއެންއެން އިން ވަނީ
ބ. އަތޮޅުގެ މަންޓާރޭ ޕްރޮޖެކްޓުގެ މެނޭޖަރް ބެތު ފޮލްކްނާއާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ.

މުޅި ދުނިޔޭގައި ވެސް އެކި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ އެންމަޑީގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމަކީ ރާއްޖެ ކަމަށްވާއިރު، ރާއްޖޭގައި އެ މަޑީގެ އާބާދީ އުޅެނީ 5،000 އަށް ވުރެ މަތީގަ އެވެ.

ރާއްޖޭގައި އެންމަޑިއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކި ސަބަބުތަކާ ހެދި އޭގެ ދިރުން ނެތި ދިއުމާއި
ހޫނުމިން ގަދަވުމުގެ ސަބަބުން ރަށްތަކުގެ ވަށައިގެންވާ މުރަކަތައް ހަލާކުވުމަކީ ކުރިއަށް އޮތް ތަނުގައި "މަންޓާއަށް އޮތް ނުރައްކަލެއް" ކަމަށް ފޮލްކްނާ ބުންޏެވެ. 

މީގެ އިތުރުން ފޮލްކްނާ ބުނީ، އޭނާގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން އެންމަޑިއާއެކު މޫދުގައި ފީނާލަން ދިއުން އިންސްޕިރޭޝަނެއްގެ ގޮތުގައި ނެގުން ކަމަށެވެ.

ސީއެންއެންއަކީ މީޑިއާނެޓުން ދައްކަމުން އަންނަ ޗެނަލެކެވެ. "ސީއެންއެންސް ކޯލް ޓު އާތު" ޕްރޮގްރާމް ވެސް މީޑިއާނެޓްގެ 110 ނަމްބަރު ޗެނަލް އިން ބަލައިލެވޭނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް