ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނއިުޝާ ސީއެންއެމްއައް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ޕްރީ ސްކޫލް ޓީޗަރެއް ކަމަށާއި އެ މުދައްރިސް ވަނީ ކުދިންނާ ކޮންޓެކްޓް ވެފައި ކަމަށެވެ.
އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއައްދާ ކަމަށާއި ރޭންޑަމް ސާމްޕަލިންގެ މަސައްކަތް މިރޭގެ ވަގުތެއްގައި ފެށޭނެ ކަމަށް ވެސް ހަދިޖާ ވިދާޅުވިއެވެ.
މި ވަގުތު ތޮއްޑޫ މޮނިޓަރިންގެ ހާލަތުގައި އޮތްއިރު މ. ކޮޅުފުނި އަދި ފުވައްމުލަކަށް ވެސް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.