ގޯއެއަރގެ ދަތުރުތައް ޑިސެމްބަރު މަހުގެ ތެރޭގައި އަލުން ރާއްޖެއަށް ފަށަން ހަމަޖެހިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ

Advertisement
ގޯ އެއާގެ ދަތުރުތައް ޑިސެމްބަރު މަހުގެ ތެރޭގައި އަލުން ރާއްޖެއަށް ފަށަން ހަމަޖެހިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވ.
މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެންމެ ވަރުގަދަ ތިން ސިޓީކަމަށްވާ ދިއްލީ، ބެންގަލޫރު އަދި މުމްބާއީގެ ފުލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ފަށާގޮތަށް މިހާރު ހަމަޖެހިފައިވާކަމަށެވެ.
މި މަސައްކަތުގެ ތެރެއިން އިންޑިއާގެ ގޯ އެއާއިން އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. މި އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ވަކިވަކި މާކެޓްތައް ކުރިއެރުވުމަށްވެސް އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށެވެ.
އެގޮތުން ރާއްޖެއަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ރޭވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއެކު މިކަމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށް މިހާރު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ގޯ އެއާއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ދަތުރުތައްކޮށްފައެވެ. އެ އެއާލައިނުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ދިމާވި ބައެއް ކަހަލަ ކަންތައްތަކާ ގުޅިގެން މިއަހަރުގެ ޖުލައި މަހުން ފެށިގެން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.