މުރައިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނިޝާމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެ ރަށަށް ނިސްބަތްވާ ރިސޯޓެއްގައި މަަސައްކަތްކުރަމުން އަންނަ މީހެކެވެ.
މީގެ ކުރިން އޭނާއަކީ ބައްޔަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހެއްކަން ފާހަގަކުރައްވާ، ނިޝާމް ވިދާޅުވީ މިވަގުތު އޭނާ ހުރީ ކަރަންޓީނުގައި ކަމަށެވެ. އެހެންވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭގެ ވަގުތެއްގައި ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ.
އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން ދާއިރު ސާމްޕަލް ނެގުމުގެ ކަންކަން ވެސް އެބަ ކުރިއަށްދެ އެވެ. އެހެންނަމަވެސް އަދި ނަތީޖާ ނުލިބޭތީ އިތުރު ބަޔަކު ޕޮޒިޓިވްވި ކަމެއް ނޭނގެ އެވެ.