ads
ޑރ. މުހައްމަދު ޝަހީމް-- ފޮޓޯ: އަވަސް
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް ފޮނުވައިފި
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކުރެވޭ ތުހުމަތުތައް އިތުރަށް ތަހުގީގުކުރަން ފުލުހަށް ހުށަހަޅައިފި އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކުރެވޭ ތުހުމަތުތައް އިތުރަށް ތަހުގީގުކުރަން ފުލުހަށް ހުށަހަޅައިފި އެވެ.

މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވަނިކޮށް މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ ޕީޖީ އެގޮތަށް ލަފާދީފައިވާތީ އެވެ.

ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅި ތާރީހު ފަރީޝާ ހާމަކޮށްފައި ނުވާއިރު އެކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ސީއެންއެމުން ފަރީޝާއަށް ގުޅި ނަމަވެސް ފޯނަށް ޖާވާބު ނުދެއްވާތީ ތަފްސީލު ލިބޭ ގޮތެއް ނުވި އެވެ.

ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނުން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ޓްވީޓާ މެދުވެރިކޮށް ވަނީ ޑެ. ޝަހީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ހާމަކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށްފައިވެ އެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ފާސްކުރި މީހުންގެ ތެރޭގައި ޑރ. ޝަހީމްގެ ނަން ހިމެނެ އެވެ.

މި މައްސަލައިގައި އެކަން ދޮގު ކުރައްވާ ޑރ. ޝަހީމް މީގެ ކުރިން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، މި ކަންކަމަކީ އޭނާގެ އަބުރު ކަތިލުމަށް އެމްޑީޕީން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް