ads
އަންގަ ސަން ސޫ ކީ-- ފޮޓޯ: ރޮއިޓާޒް
މިޔަންމާގައި ބަގާވާތްކޮށް ލީޑަރު ސޫ ކީ ހައްޔަރުކޮށްފި
މިޔަންމާގެ ލީޑަރު އަންގް ސަން ސޫ ކީ އާއި އެހެން ވެރިން ހައްޔަރު ކުރުމަށް ފަހު ހިންގި ބަގާވާތެއްގައި އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލައިފި އެވެ.

އެގައުމުގެ އަސްކަރީ ޓީވީން ބުނީ އެއް އަހަރު ވަންދެން ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރަން ނިންމާފައިވާ ކަމަށާއި އަސްކަރިއްޔާއިން ބާރުތައް އަތުލާފައިވާ ކަމަށެވެ.

މިޔަންމާގައި އެންމެ ފަހުން ބޭއްވި އިންތިހާބަށް ފަހު އަސްކަރިއްޔާ އާއި ސަރުކާރާ ދެމެދު އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ.

ބަރުމާގެ ނަމުން ވެސް މަޝްހޫރު މިޔަންމާގައި 2011 ވަނަ އަހަރާ ހަމައަށް އޮތީ އަސްކަރީ ވެރިކަމެވެ. 2011 އަށް ފަހު އެ ގައުމަށް ޑިމޮކްރެޓިކް ބަދަލުތައް ގެންނަން ފެށި އެވެ.

މިއަދު ހެނދުނު އަސްކަރިއްޔާއިން ބުނީ ދެން ވެރިކަން ކުރާނީ ކޮމާންޑާ އިން ޗީފް މިން އޯންގް ލެއިންގް ކަމަށެވެ. އަދި އެއީ އިންތިހާބުގައި މަކަރު ހަދާފައި ވާތީ ކަމަށް ބުންޏެވެ. 

މި ވަގުތު މިޔަންމާގެ ވެރިރަށް ނޭ ޕީ ޓޯ އާއި ޔެންގޯން ސިޓީގެ މަގުތަކުގައި ވެސް ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު އޮތް އިންތިހާބުގައި ސޫ ކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީން ވަނީ ސަރުކާރެއް އުފެއްދޭ ވަރަށް މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް