އިކޮނޮމިކް މިނިސްޓްރީން ގެނެއި މި ބަދަލާއިއެކު، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން މެންދަމު 10:30 އަށް އަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުރިން ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހިދުމަތްދެމުން އައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ވެސް ހުޅުވާއިފި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ކުރުކޮށްފައެވެ.
އެވަގުތު އެންމެ ފަހުން ދިގުކޮށް ބަދަލުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނެސް ގިނަ ފިޔަަވަޅުތަކަކަށް އެޗްޕީއޭއިން ލުއިތައްް ދިނުމާއިއެކު އެފަދަ ތަންތަން ހުޅުވާ ވަގުތު އިތުރުކުރީ ކޮވިޑްގެ ކޭސްތައް ދަށްވަމުން ދިޔުމުންނެވެ.
އެހެންނަމަވެސް މިވަގުތަށް އަނެއްކާވެސް ބަދަލު ގެނެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށް މިއަދު އިއުލާންކޮށްފއި މިވަނީ މިފަހުން ކޮވިޑް-19 ގެ ކޭސްތައް ގިނަވެ، ކާފިޔުގެ ވަގުތުވެސް އިތުރުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.