ads
މެމްބަރު އަބްދުﷲ ޖާބިރު
މެންބަރު ޖާބިރަށް އަނިޔާވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަށް އަނިޔާވެފައިވާކަން އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު މިއަދު ހާމަކުރައްވައިފިއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުން ނަން އިއްވުން ރަނގަޅު ކަމަށެވެ. އެހެން ނަަމެވެސް "ހޭ އަރުވާލާނެ ކަމަށް ބުނެ، ކުދިންކޮޅު ނެރެގެން ތެޅުން،" ގޯސް ކަމަށެވެ. 

ދިޔާނާ ވިދާޅުވެފައިވަނީ "މިއަދު މި ޖެހުނީ ހަތަރުދަމު ބޮނޑިތާން އަޅަން އިންނަން،" ކަމަށެވެ. 

ރިޔާސީ ބަޔާން ކުރިއަށް ދިޔަ ވަގުތު ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައިފައެވެ. ނަމަވެސް ޖާބިރުގެ ނަން އިއްވާފައެއް ނުވެއެވެ. 

މިކަމާ ގުޅިގެން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުގެ ޗެންބަރުގައި އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް