ads
ކޮވިޑް ރާއްޖެއިން ފެނުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް-
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 134 މީހުން
ފާއިތުރި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ 134 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 16،410 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 134 މީހުންގެ ތެރެއިން 110 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ ކޭސްތަކެއް ކަމަށެވެ. މީގެ އިތުރުން އަތޮޅުތެރެއިން ނުވަ މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވި ކަމަށާއި، ނަން-އޮޕަރޭޝަނަލް ރިސޯޓުތަކުން އެކަކު އަދި އިންޑަސްޓްރިއަލް އައިލެންޑުތަކުންވެސް އެކަކު ކޮވިޑަށްމިއަދު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1930 އަށް އަރާފައެވެ. އަދި މީގެ ތެރެއިން 178 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ 3886 ކޮވިޑް ސާމްޕަލް ނަގާފައިވާ ކަމަށާއި، މިއާއެކު ރިޕީޓް ސާމްޕަލް ހިމެނޭހެން ރާއްޖޭގައި ޖުމުލަ 424،323 ސާމްޕަލެއް ނަގާފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 54އަށް އަރާފައެވެ. އެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައި ފަރުވާދެމުން އައި 84 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މި ބަލީގައި މިރޭ މަރުވެފައި ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް