ads
ބޯއީސް އޯވާ ފްލާވާސް
ކޮރެއަން ސީރީޒްތަކަށް ހިތްޖެހުނީ ބޯއީސް އޯވާ ފްލާވާސްއަށް ފަހުތަ؟
ސައުތު ކޮރެއަން ސީރީޒްތަކަކީ ދިވެހި ޒުވާނުންގެ މެދުގައި ވެސް މިހާރު ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ސީރީޒްތަކެކެވެ. އާންމުކޮށް ރައްޓެއްސަކު ކޮރެއަން ސީރީޒެއް ބެލުމަށް ފަހު އެހެން މީހުން ކައިރީ މިވެނި ސީރީޒަކީ ވަރަށް ހިތްގައިމު ރީތި ސީރީޒެއް ކަމަށް ބުނުމުން އެފަދަ ސީރީޒެއްގެ އަޖުމަ ބެލުމަށް ފަހު ހިތްޖެހުނު މީހުން ވެސް މަދެއް ނުވާނެ އެވެ.
ދެކުނު ކޮރެއާގެ ސީރީޒްތަކަކީ ދިވެހި ޒުވާނުންގެ މެދުގައި މިހާރު ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ސީރީޒްތަކެކެވެ. އާންމުކޮށް ރައްޓެއްސަކު ކޮރެއާ ސީރީޒެއް ބެލުމަށްފަހު އެހެން މީހުން ކައިރީ މިވެނި ސީރީޒަކީ ވަރަށް ހިތްގައިމު ރީތި ސީރީޒެއް ކަމަށް ބުނުމުން އެފަދަ ސީރީޒެއްގެ އަޖުމަ ބެލުމަށްފަހު ހިތްޖެހުނު މީހުން ވެސް މަދެއް ނުވާނެ އެވެ.

އެފަދަ އެއް ސީރީޒް އަކީ މީގެ ނުވަ އަހަރު ކުރިން 2009 ވަނަ އަހަރުގެ ތެރޭގައި ނެރުނު ސީރީޒް، "ބޯއީސް އޯވާ ފްލާވާސް" އެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއިރުގެ 25 އެޕިސޯޑު އެ ސީރީޒްގައި ހިމެނޭއިރު އެ ސީރީޒުން ފެނިގެންދަނީ ލީ މިން ހޯ އާއި، ކު ހައި ސަންގެ ލޯތްބެވެ. ނުވަތަ ގޫ ޖަންޕިއޯ އާއި ޖަން ދިއާގެ ލޯތްބެވެ. ހަމައެއާއެކު އެ ސީރީޒްގެ މުހިއްމު ރޯލުތަކުން ނުވަތަ ލީ މިން ހޯއަށް ފަހު "އެފްފޯ ބޯއީސް"ގެ ތެރޭގައި ހިމެނެނީ ކިމް ޖޫން އާއި ކިމް ހިއުން ޖޫންގް އަދި ކިމް ބަމް އެވެ.

މުއްސަނދި އާއިލާއެއްގެ ފިރިހެން ކުއްޖަކު، ކުޑައިރުއްސުރެ އާދައިގެ ދިރިއުޅުމެއްގައި އުޅެމުން އައި އަންހެން ކުއްޖަކަށް ސްކޫލު ދައުރުގައި ހިތް ޖެހުނުގޮތް އެ ސީރީޒްގައި ވަރަށް ރީއްޗަށް ދައްކުވައިދެ އެވެ. ހާއްސަކޮށް ފުރަތަމަ ދިމާވާ ވަގުތު އެދެމީހުންނަކީ ވެސް ހަތުރުންނެވެ. ގޫ ޖަންޕިއޯއަށް އޭނާގެ ހިތް ޖަންދިއާއަށް ދެވެނީ އޭނާގެ ނިކަމެތި ދިރިއުޅުމަށް މަލާމާތާއި ފުރައްސާރަ ފަދަ ކަންކަން ކުރަމުން ދަނިކޮށެވެ.

މި ސީރީޒް ބެލުމަށް ފަހު އެތައް ބަޔަކު ވަނީ ދެކުނު ކޮރެއާގެ ސީރީޒްތަކަށް ހިތްޖެހިފަ އެވެ. އެގޮތުން އޭގައި އުޅޭ ތަރިންގެ އިތުރު މަސައްކަތްތައް ބަލައި، ކޮރެއާގެ އިތުރު އެހެން ފިލްމުތައް ބެލި މީހުން ވެސް މަދެއް ނޫނެވެ.

ކޮރެއަން ފިލްމުތަކަށްފަހު މިހާރު ދިވެހިންގެ މެދުގައި އަންނަނީ ތުރުކީގެ ޑްރާމާތައް ވެސް މަގްބޫލުވަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް