ads
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ
މިނިސްޓަރު އިމްރާންގެ އަތުގައި ހުރި ކަމަށް ބުނާ ލިއުންތައް ހޯދާނަން: މަރު ކޮމިޝަން
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގެ ހެކީގެ ގޮތުގައި މިނިސްޓަރު އިމްރާން އަތުގައި ހުރި ކަމަށް ބުނާ ލިއުންތައް ހޯދާނެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އިމްރާން އަތުގައި ހުރި ކަމަށް އެމަނިކުފާނި އަމިއްލައަށް ވިދާޅުވެފައިވާ ރިލްވާން އާއި އަފްރާޝީމްގެ މައްސަލާގެ މުހިންމު ހެކިތައް ނުވަތަ ލިއުންތައް ތަހުގީގަށް ހޯދާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން، އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ، އެ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންގެ އަތުގައި ހުރި ހެއްކެތް ކަމުގައި ވީނަމަވެސް ހޯދަންޖެހޭ ހުރިހާ ހެތްކެއް ކޮމިޝަނުން ހޯދާނެ ކަމަށެވެ.

މިސްބާހު ވިދާޅުވީ މި މައްސަލަތަކަކީ މިހާރު ވެސް ތަހުގީގު ހިނގަމުންދާ މައްސަލަތަކަކަށް ވުމާއިއެކު، މި މައްސަލަތަކާއި ގުޅިގެން މިހާތަނަށް ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރެވުނު ފަރާތްތަކުގެ ވަނަވަރާއި އަދި މިހާތަނަށް ހޯދިފައިވާ ހުރިހާ ހެކީގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށާއި، ނަމަވެސް މި މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެއްކެތް ފުލުހުންގެ އަތުގައި ހުރިކަމުގައި ވިޔަސް ކޮމިޝަނުން އެ ހެތްކެއް ހޯދާނެ ކަމަށެވެ. 

މިނިސްޓަރު އިމްރާންގެ އަތުގައި ހުރި ކަމަށް ބުނާ ހެކީގެ ލިއުންތަކަކީ މޭޑޭގެ މުޒާހަރާގައި ދައްކަވާފައިވާ ލިއުންތަކެކެވެ. ނަމަވެސް ފަހުން މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ އެ ދުވަހުގެ މުޒާހަރާގައި ފުލުހުން އޭނާ ހައްޔަރުކުރުމަށް ފަހު އެ ލިއުންތައް އަތުލާފައިވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް