ads
ބުޅާ އަދި ކުއްތާ-- ފޮޓޯ: ގެޓީ އިމޭޖަޒް
ކޮރެއާގައި ބުޅަލާއި ކުއްތާ ވެސް ކޮވިޑަށް ޓެސްޓު ކުރަނީ
ދެކުނު ކޮރެއާގައި މީހުން އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި ކުއްތާތައް ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.
Advertisement

އެގޮތުން ބުޅަލާއި ކުއްތާގެ ހަށިގަނޑުން އަލާމާތް ފެނިއްޖެ ނަމަ ޓެސްޓު ކުރާނެ ކަމަށް ވެރިރަށް ސޯލްގެ މެޓްރޮޕޮލިޓަން ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ ހަފްތާތަކެއް ކުރިން ދެކުނު ކޮރެއާއިން ޓެސްޓު ކުރި ބުޅަލެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

ބަލީގެ އަލާމާތް ފެންނަ ބުޅަލާއި ކުއްތާ ޓެސްޓު ކުރުމަށް ފަހު ޕޮޒިޓިވްވެއްޖެ ނަމަ ކަރަންޓީނު ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ ބުޅަލާއި ކުއްތާގެ ހަށިގަނޑުން އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ދަތުރު ކުރުމަކީ ދުރުގައިވާ ކަމެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ބަލި ޖެހިފައިވާ ބުޅަލުގެ ޒަރިއްޔާއިން އެހެން ބުޅަލަށް ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ.  

ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އޮޅުކޮށްގެން ގެންގުޅޭ ބުޅާ ނުވަތަ ކުއްތާގެ ހަށިގަނޑުން މި ވައިރަސް ފެނިފައި ވެއެވެ. 

އެމެރިކާގެ ސޭން ޑިއޭގޯ ޒޯ ސަފާރީ ޕާކުގައި އުޅޭ ދެ ގޮރިއްލާ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ އިތުރުން ނިއުޔޯކުގެ ބްރޮކްސް ޒޫ އިން މިނިކާ ވަގުތަކާއި ސިންގާ އަދި ސްޕެއިންގެ ބާސެލޯނާ ޒޫއިން ސިންގާތައް ވެސް މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް