ads
ގއ. މާމެންދޫ--
މާމެންދޫގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފި
ގއ.މާމެންދޫގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން އިތުރު ދެމީހަކު ފުލުހުން ހަށްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ރޭގައު ހިނގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ މީހަކު މިއަދު ވަނީ ހަށްޔަރުކޮށްފައި ކަމަށެެވެ.

އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކާއި 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މާރާމާރީގެ މައްސަަލައިގައި ފުލުހުން ކުރިން ބުނެފައި ވަނީ  3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި އުމުރުން 18 އަހަރުގެ ކުއްޖެއްކަމަށެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން މިހާރު ރޭގައި ގއ.މާމެންދޫގައި ހިނގި މާރާމާރީގައި ޖުމްލަ 5 މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ.

ރޭގެ މާރާމާރީގައި މަރުވި ކުޑަކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން  ވަނީ ހަމަލާދީފައެވެ. އަދި 4 ނުވަތސަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 

17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ގއ.އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް