ads
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ--
ޑރ. އަފްރާޝީމް ވެސް ލަވަ ވިދާޅުވި: އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީ އަކީވެސް ބޮޑު އިލްމުވެރިއެއް ކަމަށާއި، އެމަނިކުފާނުވެސް ލަވަ ވިދާޅުވިކަމަށް ރައްޔުޔިތުންގެ މަޖިލީހުގެ މާފާންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

އިމްތިހާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މިއުޒިކަކީ ޒުވާނުންނާއި ޒުވާނުން ނޫން އެހެން އުމުރުފުރާތަކުގެ މީހުންނާއިވެސް ގުޅި ލާމެހިފައިވާ އެއްޗެއްކަން ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވީ، މިއުޒިކު އަޑުއެހުމާއި، ލަވަޖެހުމާއި، ޅެންހެދުމާއި، މިހިރަ މިހިރަ ކަންކަމަކީ، އެތަކެއް ސަތޭކަ އަހަރެއް ވަންދެން ވަރަށް ކުރީ ޒަމާނުންސުރެއް ރާއްޖޭގަ އޮތް އާދަކާދައެއް ކަމަށާއި، ކުއްލިއަކަށް އެކަން އެއްކޮށް ބަދަލުވުމަކީ އޭގެ ސަބަބުން މުޖުތަމައު އެއްކޮށް ރޫޅޭނެކަމެއް ކަމަށެވެ. 

މީގެއިތުރުން އިމްތިޔާޒް ވިދާޅުވީ ލަވައާއި މިއުޒިކުގެ ކަންކަމަކީ ވަރަށް ބޮޑަށް އިހްތިލާފު އުފެދިފަވާކަމެއް ކަމަށާއި، ބައެއް ބޮޑެތި އިލްމުވެރިން މިކަމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި އެބަހުރި ކަމަށެވެ. މިސާލު ޖައްސަވަމުން އިމްތިޔާޒް ފާހަގަކުރެއްވީ ޑރ.އަފްރާޝީމް އަލީގެ ނަންފުޅެވެ. އެގޮތުން 

"މިސާލަކަށް މި އިއްޒަތްތެރި މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި މެމްބަރެއް ޑރ،އަފްރާޝީމް އަލީ، ބޮޑު އިލްމުވެރިއެއް އެމަނިކުފާނު ލަވަ ވިދާޅުވެސްވި.. އިމްތިޔާޒް ވިދާޅުވިއެވެ"

އިމްތިޔާޒް ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލާފައިވާތީ ހިތާމަކުރާ ކަމަށާއި، މިކަމުގައިވެސް  ތުހުމަތުކުރެވެނީ، މިފަދަ އިހްތިލާފު އުފެދިފަވާ ކަންކަމުގެ ތެރެއިން ފިތުނަ އުފައްދައިގެން ނުރައްކަލުގެ ތެރެއަށް އިންސާނާ ވައްޓާލައި ފުރާނަ ދުއްވާލާ ހަމައަށް ދާކަމުގެ ތުހުމަތު ކަމަށެވެ. 

މިއީ މި ގަރާރުގެ ބަހުސްގައި އިމްތިޔާޒް ވާހަކަދެއްކެވި ތިންވަނަ ފަހަރެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް