ads
މިނިސްޓަރު މުހައްމަދު މަލީހް--
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

އެ މައްސަލަ މަޖީލަށް ހުށަހެޅުއްވީ ސުޕަ މެޖޯރިޓީ ލިބިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެވެ.

ދާދި ދެންމެއަކު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. 

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީން ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ވެސް ފޮނުވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. 

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މީކާއިލް ވަނީ މަލީހުގެ އިތުބާރު ނެތް ކަމަށް ޕީޖީން ނިންމި ނިންމުން ތަންފީޒު ކުރެއްވުމަށް އާޒިމަށް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް