ads
ސީރިއާގެ ރެފިއުޖީ ކޭމްޕެއް--
ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު ދިވެހިން މި އަހަރު ރާއްޖެ ގެންނާނެ: ހޯމް މިނިސްޓްރީ
ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައި ތިބި ދިވެހިން މި އަހަރު ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ސީއެންއެމްއަށް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް 2019 ވަނަ އަހަރު ބަދަލު ގެނައުމާ އެކު ދައުލަތުގެ މައްޗަށް ވަނީ ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަހަރައްދުގައި ތާށިވެފައި ތިބި ކުޑަކުދިންނާއި އަންހެނުން ރާއްޖެ އަތުވެދާނެ ހާލަތަކަށް ތައްޔާރުވެ ތިބުމަށާއި އެމީހުނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެ ތިބުމަށް ލާޒިމް ކުރެވިފައި ކަމަށެވެ.

އެހެންކަމުން ރިސްކް ކޮމެޓީ ވަނީ އެކުލަވާލެވި އެ ހާލަތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި އަދި އެމީހުން ރާއްޖެ އައިސްފި ހާލަތެއްގައި ބަހައްޓާނެ ސެންޓަރުތައް ވެސް ވަނީ ގާއިމު ކުރެވިފައި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ދަތި އުނދަގޫ ހާލަތު މެދުވެރިވުމުގެ ސަބަބުން އެ މަސައްކަތް ފެށުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށެވެ.

ނަމަވެސް ސަރުކާރުން ވަނީ މި އަހަރު އެ މަސައްކަތް ކުރުމަށް ބަޖެޓު މަގުފަހިކޮށްދީފައި ކަމަށާއި އެހެން ކަމުން އެ ކަމަށް ބޭނުންވާ ސެންޓަރުތަކުގައި މުވައްޒަފުން އެކުލަވާލުމަށް ފަހު ރާއްޖެއިން ބޭރުގައި ހަނގުރާމަވެރި ސަރަހައްދުގައި ތާށިވެފިއި ތިބި ފަރާތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ސީރިއާގައި ހުންނަ "އަލް ހައުލް" ރެފިއުޖީ ކޭމްޕުގައި 2019 އޭޕްރީލް މަހާ ހަމައަށް 74،000 މީހުން ތިބި ކަމަށް ރިކޯޑް ކުރެވިފައު ވެއެވެ. އެމީހުން ނިސްބަތްވަނީ 50 ވަރަކަށް ގައުމަކަށެވެ. 

އެ ކޭމްޕުގައި 56 ދިވެހިން ވެސް އެބަ ތިއްބެވެ. އެއީ މުޅިން ވެސް އަންހެނުންނާ ކުޑަކުދިންނެވެ. ކުޑަކުދިންގެ އަދަދަކީ 33 އެވެ. ކޭމްޕުގައި ތިބި ދިވެހިން ނިސްބަތް ވަނީ 12 އާއިލާއަކަށެވެ. 

ރާއްޖޭގައި ތިބި އެ އާއިލާތަކުން އަންނަނީ ކޭމްޕުގައި ތިބި މީހުން އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ސީރިއާގައި ތިބި ބައެއް އާއިލާތަކުން އެނބުރި އައުމަށް އެދިފައިވާ ކަމަށް ވެސް ސިފައިން ވެސް ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް