ads
ފޮޓޯ-- އެސްޓީއޯ
ގިނަ އިނާމުތަކާއެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފި
ގިނަ އިނާމުތަކާއެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފި އެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 11 ފެބްރުއަރީއިން ފެށިގެން 22 އެޕްރީލްގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނެފައި ވަނީ މިއަހަރުގެ ރޯދަ މަހުގެ ބާޒާރުގައި ވެސް އެކި އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓަކެއް ލިބޭނެ ކަމަށެވެ. އަދި އެކި އައިޓަމްތަކުން ލިބޭ ޑިސްކައުންޓްތައް ތަފާތުވާނެ ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯގެ ރަމަޒާން ބާޒާރުގައި  މިއަހަރު ހޮވޭ ނަސީބުވެރިންނަށް ވެސް ބޮޑެތި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. މިއަހަރު ލިބޭ އިނާމްތަކުގެ ތެރޭގައި އެއްވަނައަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި، ހިޓާޗީ ފްރިޖަކާއި، ޓެކްނޯ ދޮންނަ މެޝިނަކާއި، ފިލިޕްސް ސައުންޑްބާއަކާއި، ސެންފޯޑް އަވަނެއް ހިމެނެ އެވެ.

ދެވަނަ އިނާމަކީ ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި، ހިޓާޗީ ފްރިޖަކާއި، ހިޓާޗީ ވެކިއުމް ކްލީނާ، އަދި ކުކަރެކެވެ.

your imageއެސްޓީއޯ ރަމަޒާން ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތު--

މީގެ އިތުރުން ތިންވަނައަށް ހޮވޭ ފަރާތަށް ލިބޭ އިނާމަކީ އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއެއް، ހިޓާޗީ ދޮންނަ މެޝިން، އަދި ހިޓާޗީ ވެކިއުމް ކްލީނަރެކެވެ. މީގެ އިތުރުން ވެސް ގިނަ ސްޕްރައިޒް އިނާމުތަކެއް އެ ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ކުރިން އީ ސްޓޯރު މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ބައެއް ތަކެތި ޑެލިވާ ނުކޮށްދޭ ކަމަށާއި ނަމަވެސް މިއަދުން ފެށިގެން އީސްޓޯރު މެދުވެރިކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗެއް ޑެލިވާކޮށްދޭނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ރަމަޒާން ބާޒާރު ކުރިއަށް ގެންދަމުންނެވެ. އަދި އެ ބާޒާރަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް