ރުބީނާ ދިލަން ދަނީ ދުވަސްތައް ފާއިތުވަމުންދާ ވަރަށް ގިނަ މީހުންގެ ހިތްތަކުން ޖާގަ ހޯދަމުންނެވެ. އެގޮތުން މަޝްހޫރު އެކްޓަރެއް ކަމަށްވާ ބިޕާޝާ ބާސޫ ވަނީ ރުބީނާ ބިގްބޮސްގެ މިފަހަރުގެ ސީޒަން މޮޅުވާނެ ކަމަށް އުންމީދު ކުރާކަމަށް ބުވެފައެވެ.
ބިޕާޝާ ވަނީ އޭނާ ބިގްބޮސް ބަލާކަން ހާމަކުރަމުން އިންސްޓަގްރާމުގައި ރުބީނާގެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އޭގައި އޭނާ ވަނީ ރުބީނާ އަނީ ވަރަށް ވަރުގަދަ ކުއްޖެއް ކަމަށާއި ރުބީނާ މޮޅުވާނެ ކަމަށް ވަރަށް ބޮޑައް އުންމީދު ކުރާކަމަށް ބުނެފައެވެ.
ބިޕާޝާ ހިއްސާކުރި ފޮޓޯ
ރުބިނާ އަކީ ބިގްބޮސްގެ 14 ވަނަ ސީޒަންގައި ގިނަ ބެލުންވެރިނަށް އެންމެ މަގުބޫލު ކުޅުންތެރިޔާއެވެ. އޭނާއަށް ވަނީ ކުރީގެ ބިގްބޮސްގެ ކުޅުންތެރިންގެ ފަރާތުންނާއި ހިންދީ ޓީވީ ސީރިއަލްތަކުގެ ގިނަ ތަރިންގެ ފަރާތުން އެއްބާރުލުން ލިބިފައެވެ.