މަންތާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހަ ޕަސެންޖަރުންނާއި ތިން ކްރޫއިންނާއެކު ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން ވެލާނާ އެއާޕޯޓުގެ ބޭސްގައި ޖައްސަން އުޅުމުގެ ތެރޭގައި ހެނދުނު 7:30 ހާއިރު ކަމަށެވެ.
އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފް އިން ވެސް ހަރަކާތްތެރިވަމުން އަންނައިރު އެމްއެންޑީއެފުން ބުނީ އެންމެން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށާއި އެކަމަކު ބައެެއް މީހުންނަަށް އަނިޔާވެފައިވާ ކަމަށެވެ.
އެގޮތުން ޕަސެންޖަރެއްގެ ކުޑަހުޅު ނެއްޓިފައިވާއިރު އިތުރު ޕަސެންޖަރެއްގެ އަތަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންގެ ހާލަތު ބެލުމަށް ހުޅުމާލޭ ހޮސްޕިޓަލުން މެޑިކަލް ޓީމެއް އެއާޕޯޓަށް ގޮސްފައިވާ ކަމަށް ވެސް ބުނެ އެވެ.