މި ޕޯޓަލްގެ ބޭނުން އެންމެ ފުރަތަމަ ކޮށްފައިވަނީ ރާއްޖެ ލޮކްޑައުންއަކަށް ގޮސްފައި އޮތް ދުވަސްވަރު އެވެ.
ފުލުހުން ބުނީ މި ޕޯޓަލް މެދުވެރިކޮށް ވެހިކަލް ދުއްވުން މަނާ ވަގުތު ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ކާފިއު ވަގުތު ބޭރަށް ނުކުތުމަށް ހުއްދަ ހޯދުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ހުއްދަދޭނީ އެމަޖެންސީ ހާލަތެއްގައި، ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށް، އެއާޕޯޓު ޓްރާންސްފާ އަށް އަދި ކާބޯތަކެތި ޑެލިވާ ކުރުމަށް ކެފޭ ރެސްޓޯރަންޓު ތަކަށް ކަމަށް ފުލުހުން ބުނެއެވެ.
ޕޮލިސް ޕާމިޓް ހޯދޭނީ http://police.gov.mv/permit މެދުވެރިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި 1665 އަކީ ޕޮލިސް ޕާމިޓް ސެންޓަރުގެ ނަންބަރު ކަމަށާއި، މި ނަންބަރު މެދުވެރިކޮށް އިތުރު މައުލޫމާތު ހޯދޭނެ ކަމަށް ފުލުހުން ބުނެއެވެ.