ads
މާލެތެރެެއަށް ބަނގުރާ ސަޕްލައިކުރާ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ރަޝްވާން
މާލެތެރެއަށް ބަނގުރާ ސަޕްލައިކުރި މައްސަލައިގައި ދިވެއްސެއް ހައްޔަރުކޮށްފި
މާލެ ތެރެއަށް ބަނގުރާ ސަޕްލައި ކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފެނުނު މައްސަލައިގައި، ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މީހާ ކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
Advertisement

ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ ކޯޓު އަމުރުން އެނގޭ ގޮތުން ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ.

އެ މައްސަލާގައި ފުރަތަމަ ވެސް ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ކޯޓުން ދީފައި ވަނިކޮށް، ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނީ އެ ނެޓްވޯކްގައި ހިމެނޭ ދިވެހި މީހާ ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

މިދިޔަ ހޯމަ ދުވަހު ހ. މާދޫގެ ބަލައި ފާސްކޮށް ވެސް 800އަށް ވުރެ ގިނަ ބަނގުރާ އަތުލައިގެންފައި ވެއެވެ. އެ މައްސަލައިގައި ތިން ބިދޭސީއަކު ހައްޔަރުކޮށް ބަންދުކޮށްފައިވާ އިރު ރަޝްވާންއާ އެ މައްސަލައާ ގުޅުން އޮތް ކަމެއް ސާފެއް ނުވެއެވެ.

ރަޝްވާނަށް ކުރާ ތުހުމަތުތަކަށް އޭނާގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އެތަންތަން ބަލައި ފާސްކޮށްފައިވަނީ ރަޝްވާން އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ހާޒިރުގައި ނޫން ކަމަަށް އޭނާ ވަނީ ބުނެފައެވެ.

ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އެދުނު ނަމަވެސް، މިވަގުތު އޭނާ ދޫކުރެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް