މަންތާ އެއާއިން ބުނީ ވެއްޓުނު ބޯޓުގައި ތިބި ޕަސެންޖަރުންނާއި ކްރޫއިންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ވެއްޓުނު ބޯޓު ނެގުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު ބޯޓު ވެއްޓުމާއި ގުޅިގެން ކުރާ ތަހުގީގު ވެސް ފަށާނެ ކަމަށް ބުނެ އެވެ.
ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހަ ޕަސެންޖަރުންނާއި ތިން ކްރޫއިންނާއެކު ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން ވެލާނާ އެއާޕޯޓުގެ ބޭސްގައި ޖައްސަން އުޅުމުގެ ތެރޭގައި ހެނދުނު 7:30 ހާއިރު އެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބުނެ އެވެ.