ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ލީގުގައި ވާދަކުރާ އަށް ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވެކްސިން ދިނުން މިއަދު ފަށާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ދިވެހި ލީގުގައި ވާދަކުރާ ކުޅުންތެރިންނަށް ވެކްސިން ދިނުމަށް މި ހަމަޖެހުނީ ލީގުގެ ކުޅުން މެދުކަނޑާލުމާއި އެކު މެދުނުކެނޑި އެފްއޭއެމާއި ކްލަބުތަކުން ކުރި ޕްރެޝަރަށް ފަހުއެވެ. ލީގުގެ ކުޅުން މެދުކަނޑާލީ މި މަހުގެ ކުރީކޮޅު އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމާ އެކުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;