ads
އެންޓި ކޮރަޕްޝަން ކޮމިޝަން——
ރިޝްވަތުގައި ނުހިފަން އޭސީސީން އެދިއްޖެ
ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް ވޯޓު ދިނުމުގެ ޒިންމާ އަދާކޮށް ވޯޓު ވިއްކާ ނުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންއިން އެދެފި އެވެ.
Advertisement

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާއި މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެެނިހެން ގޮތްގޮތުން އެ ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އޭސީސީން ބުނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށް ވާތީ، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށެވެ. 

"އިންތިހާބުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމަށް، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ފަހު ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިއްމު ކަމެއް" އޭސީސީން ބުނި އެވެ

އޭސީސީން ވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް މީހަކަށް ރިޝްވަތު ހުށަނޭޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ވޯޓުލުމުގެ ހައްގު ތެދުވެރިކަމާ އެކު ބޭނުންކުރުމަށް އެދިފަ އެވެ. 

ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;