ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑުކޮށްފައި ހުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ހއ. އުތީމު ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޝަނުގައި ބަހައްޓާފައި ހުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަކުން އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ.

އެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފު ވިދާޅުވީ އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޝަނުގައި ހުންނަތާ ތިން މަސް ވެއްޖެ ކަމަށެވެ. 

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. އުތީމު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި މިހާރުގެ އުތީމު ކައުންސިލް ރައީސްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ ރަޝީދު، 14 ނޮވެމްބަރު 2020 ގައި ސަސްޕެންޑްކޮށް، އޭނާ އާއި އެއްވެސް މުޢާމަލާތެއް ނުކޮށް ގޭގައި ބަހައްޓާފައި ހުންނަތާ މިހާރު 3 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ،" އެ ސިޓީގައި ވެއެވެ.

ސިޓީގައިވާ ގޮތުން އޭނާއަށް ކުރާ ތުހުމަތުތަކަށް 23 ނޮވެމްބަރު 2020 ގައި ވަނީ ޖަވާބުދާރީވެފަ އެވެ. އޭގެ ފަހުން ވެސް ލޯކަލް ގަވަމަންޓް އޮތޯރިޓީން އޭނާއޭ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށާއި އަދި އޭނާ ފޮނުވި ދެ ސިޓީއަށް އެއްވެސް ޖަވާބެއް ވެސް ދީފައި ނުވާ ކަމަށް ވެއެވެ.

"އަލްފާޟިލް ޢަބްދުﷲ ރަޝީދުގެ އިތުރުން ކައުންސިލްގައި ހުންނަވަނީ އެންމެ ކައުންސިލަރަކަށް ވާއިރު މިހާ ގިނަ ދުވަހު އެންމެ ކައުންސިލަރެއް ރަށު ކައުންސިލް ހިންގަން ހުރުމަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކެނޑިގެން ދާނެ ކަމެކެވެ،" ސިޓީގައި ވެއެވެ. 

އެހެންކަމުން އާދަމް ޝަރީފް އެދިވަޑައިގެންފައި ވަނީ އެ މައްސަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބެލުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް