އިރާގުގެ ބަގުދާދުގައި ކުރިއަށް ދާ ހަޅުތާލުތައް ހުއްޓާލުމަށް އިިދިކޮޅު ޝިޔައީ ލީޑަރުން ގޮވާލި ނަމަވެސް، އެކަން ހުއްޓުމަކަށް އައިސްފައި ނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Advertisement
އިރާގުގެ ބަގުދާދުގައި ކުރިއަށް ދާ ހަޅުތާލުތައް ހުއްޓާލުމަށް އިިދިކޮޅު ޝިޔައީ ލީޑަރުން ގޮވާލި ނަމަވެސް، އެކަން ހުއްޓުމަކަށް އައިސްފައި ނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިރާގައި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަޅުތާލުކުރަމުން ގެންދަނީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އިގްތިސާދީ ހީނަރުކަން އިންތިހާއަށް ގޮސްފައިވާކަމަށް ބުނެއެވެ.
ހަޅުތާލުތަކަށް މަހަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެ ގައުމުގެ ސިފައިނާ ހިނގާދިޔަ ކުރިމަތިލުންތަކުގައި 230 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވެ.
ހަޅުތާލުކުރާ މީހުންގެ ތެރެެއަށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އުކަމުން ގެންދާއިރު، ހަޅުތާލުގެ ބައިވެރިން ވެސް ތިބެނީ ހެލްމެޓު ފަދަ ސަލާމަތީ ވަސީލަތައްތައް އަޅައިގެންނެވެ.