ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސިދާތު ވަނީ ލަކްނައުގެ ސަރަހައްދެއް ކަމުގައިވާ ލަލްބާގް ގެ މަގެއްގަ ޕާކިސްތާންގެ ސަގާފީ ހެދުމެއްގަ ލައިގެން ޝޫޓިންގްގައި އުޅެނިކޮށް ފެނިފައެވެ. ބެލެވޭ ގޮތުގައި ފިލްމުގައި ޕާކިސްތާންގެ ގޮތުގައި ދައްކާނީ އެ ސަރަހައްދުގައި ނަގާފައިވާ މަންޒަރުތަކެވެ.
މިޝަން މަޖްނޫ އަކީ އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ) ގެ އޭޖެންޓެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ހާދިސާ ތަކެއްގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމެކެވެ.
މިފިލްމުގައި ރޯ އޭޖެންޓެއް ގޮތުގައި ފެނިގެންދާނީ ސުޝާންތު އެވެ. ފިލްމުގެ ބޮޑު ބައެއް ލަކްނޯ ގައި ކުޅެން ހަމަޖެހިފައިވާއިރު، ލަކްނޯގެ އިތުރުން ގައިސަރްބާދް އަދި އާގްރާގައި ވެސް ބައެއް ބައިތައް ކުޅެން ހަމަޖެހިފައި ވެއެވެ.