ads
ފޮޓޯ: ޕޮލިސް
ކާފިއު ވަގުތު އިތުރު 14 ދުވަހަށް ދަމަހައްޓައިފި
ކޮވިޑް-19 އަށް ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ވަގުތު އިތުރު ކުރުމަށާއި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު އިތުރު ކުރުމަށް ނިންމާފައިވާ ނިންމުން އިތުރު ދެހަފްތާއަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއެކުރައްވައި ގެޒެޓުކޮށްފައިވާ އެންގުމުގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި މިމަހުގެ 2 ވަނަ ދުވަހު އަންގާފައިވާ އެންގުމުގައި 14 ދުވަހުގެ މުއްދަތައް އަޅާފައިވާ ފިޔަވަޅުތައް އިތުރު ދެހަފްތާއަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ. 

މިމަހުގެ 2 ވަނަ ދުވަހު އަންގާފައިވާ އެންގުމުގައި ވާ ފިޔަވަޅުތަކަކީ، ގްރޭޓާ މާލެ އޭރިއާގައި ކާފިއުގެ ވަގުތު ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް އިތުރު ކުރުމަށާއި، އަދި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމަށެވެ. 

އަދި މީގެއިތުރުން މާލޭ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައްވެސް ބޭއްވުން މަނާވާނެއެވެ. 

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރު ވެފައި ވާއިރު، މިހާރު ދުވާލެއްގެ މައްޗަށް ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް