ads
ފޮޓޯ:ދިރާގު
ދިރާގު ޓީވީގެ ހިދުމަތް ކާށިދޫ އާއި ކެޔޮދޫގައި ތައާރަފްކޮށްފި
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގުޓިވީގެ ހިދުމަތް ކ. ކާށިދޫ އަދި ވ. ކެޔޮދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގުޓިވީގެ ހިދުމަތް ކ. ކާށިދޫ އަދި ވ. ކެޔޮދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ހިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ.

ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ހާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. އެ ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލާސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތެކެވެ. އެހެން ނަމަވެސް، ދިރާގު ޓީވީގެ ސަބަބުން ގޭގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ބޭނުން ކުރުމަށް އިތުރު ހަރަދެއް ނުހިނގާނެއެވެ.

އޭގެ އިތުރުން ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީ ތައާރަފު ކުރިތާ މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ނުހަނު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައިއެވެ. އެގޮތުން ދިރާގު ޓީވީ އަށް ހާއްސަ އެޕް އަދި ވީޑިއޯ އޮން ޑިމާންޑް ފީޗަރ ތައާފަރުކުރުމުގެ އިތުރުން ރާއްޖޭގެ ގޭބިސީގެ 72 އިންސައްތައަށް އެ ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް