ކުނި މެނޭޖްކުރުމަށް ކިނޮޅަހުގެ ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޕްރޮޖެކްޓަށް އެހީވުމުގެ ގޮތުން ކޮމިއުނިޓީ ފަންޑުން ވަނީ އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ބަހައްޓައިފަ އެވެ. އަދި މިއީ މަގުމައްޗަށް ކުނި އެޅުން މަދުކޮށް ކުނި ނެގުމުގައި ކައުންސިލަށް ފަސޭހަ ކޮށްދިނުމަށް އެ ރަށުގެ އާންމު ރައްޔިތެއްކަމަށްވާ ވާފިރު އަހުމަދު ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލެކެވެ.
ވާފިރު ބުނީ އެ ޕްރޮޕޯސަލް ހުށަހެޅި އިރު ވެސް ކިނޮޅޮހުގެ ކައުންސިލުން އައީ ރަށުގެ ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުން ކަމަށެވެ. އެހެންް ނަމަވެސް ކުނި އަޅަން ހާއްސަ ޑަސްބިންތަކެއް ނެތުމުން ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް ގޮންޖެހުތަންތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޖެކްޓު ހޮވައި އެ ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެ އެވެ.
ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ކުއާޓާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ލިބޭނެ އެވެ.