ads
ރ. ފައިނު
ފައިނުގައި ކުއްޖަކު ގެނބިގެން މަރުވެއްޖެ
ރ. ފައިނުގައި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ފައިނު ކައުންސިލްގެ މެމްބަރަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މަރުވެފައި ވަނީ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ. 

ރަށު މީހުންނާއި ހަވާލާދީ މެމްބަރު ވިދާޅުވީ އެ ކުއްޖާ އެޅުނީ އަތިރިމަތީގައި ކުދި ބަޔަކާއެކު ކުޅެން ކަމަށާއި އިރުކޮޅަކުން ވީނުވީއެއް ނޭނގި ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ކުޑަ ކުއްޖަކާ ހަވާލާދީ ރަށު ތެރޭގައި ކިޔާ ގޮތުންނަމަ ހާދިސާ ހިނގީ ރާޅެއްގައި ކުއްޖާ ދަމައިގެން ކަމަށް ވިދާޅުވި އެވެ. 

މިއަދު 5:30 ހާއިރު ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ރަށުގެ ދެކުނު ފަރާތު ގޮނޑު ދޮށުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުދިން ކުޅެން އުޅުން ސަރަހައްދުގައި މީހުން ނެތަސް، އެތަނާއި މާދުރު ނޫން ހިސާބެއްގައި މީހުން ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް