ads
ގއ. ނިލަންދޫގައި އާ އިންޖީނުގެއެއް އަޅަން ބިންގާ އެޅުނ
ނިލަންދޫގެ އާ އިންޖީނު ގޭގެ ބިންގާ އަޅައިފި
ގދ. ނިލަންދޫގައި އަލަށް އަޅާ އިންޖީނުގެ ބިންގާ މިއަދު އަޅައިފި އެވެ.
Advertisement
ގދ. ނިލަންދޫގައި އަލަށް އަޅާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.

އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ގއ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

ނިލަންދޫގައި އާ އިންޖީނު ގެއެއް އެޅުމަށް ހަވާލުކޮށްފައިވަނީ ކިއު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށެވެ. އެގޮތުން 6.1 މިލިއަން ރުފިޔާއަށް އެ މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 18 ގައި ނިންމާ ގޮތަށެވެ.

ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހް އިބްރާހީމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް އިމާރާތް ކުރާ އިންޖީނުގެ ހަދަނީ މާކުރީއްސުރެ އިންޖީނުގެ އެޅުމަށް އެރަށުގެ އިރުމަތީ ފަރާތުގައި ކަނޑައަޅާފައި އޮތް ބިމެއްގައި ކަމަށެވެ.

އާބާދީގައި 1080 މީހުން ދިރިއުޅޭ ނިލަންދޫއަށް ކަރަންޓޯ ފޯރުކޮށްދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ ތިން ޖަނަރޭޓަރެކެވެ. އެއީ 250 އާއި 100 އަދި 80 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.

ރަށުގައި ކަރަންޓުގެ މައްސަލަ އާންމުކޮށް ދިމާނުވި ނަމަވެސް އެރަށުގެ އިންޖީނުގެ އަޅާފައިވާ ސަރަހައްދަކީ މީހުން އާބާދުވަމުން އަންނަ ސަރަހައްދުގެ މެދުގައި ހުރި ތަނެއްކަމުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަންވެސް ނާސިހް ފާހަގަކުރެއްވި އެވެ.

ނިލަންދޫއަށް އެންމެ ފުރަތަމަ ކަރަންޓު ފޯރުކޮށްދޭން ފެށީ މީގެ 19 އަހަރު ކުރިން 2000 ވަނަ އަހަރު ތެރޭގައި ރައްޔިތުން އެޅި އިންޖީނު ގެއަކުންނެވެ. އެކަމަކު 2014 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ވަނީ ރައްޔިތުންގެ އިންޖީނުގެ ހިންގުމާ ހަވާލުވެފަ އެވެ.

މިހާރުވެސް އެ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެމުން އަންނައިރު އެތަނުގެ ކަރަންޓް ނެޓްވޯކަކީ ވަރަށް އިހުގެ ނެޓްވޯކެއް ކަމުން ބާވެ، ބޭނުންވާ ކެޕޭސިޓީއާ އެއްވަރަށް ގޭގެއަށް ކަރަންޓް ފޯރުކޮށް ނުދެވޭ ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް