ފުލުހުން ބުނީ ހެންވޭރު ބޮޑުފަންގަނޑު މަގުގައި ހަމަނުޖެހުން ހިނގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 21:52 ގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި އަދި އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ރޭ ވަނީ އަންހެނުންތަކެއް ހަމަނުޖެހުން ހިންގާ ވީޑިއޯއެއް އާންމުވެފަ އެވެ. އެގޮތުން ތިން އަންހެނަކު ގަޔަށް އަތްލައި ޒުވާބުކުރަމުންދިޔައިރު އެތަނުން އެކަކު މަގުމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެނެ އެވެ. އެތަނަށް ފިރިހެނަކު ގޮސް، އެމީހުން ދުރުކުރާ މަންޒަރު ވެސް ފެނެ އެވެ. އަދި ޒުވާބުކުރަމުން އެމީހުން އެ ސަރަހައްދު ދޫކޮށްދާ މަންޒަރު ވެސް ފެނެ އެވެ.