ads
ޕާސްޕޯޓް
ެގެއްލޭ ޕާސްޕޯޓުގެ މައުލޫމާތު އިންޓަޕޯލްއާ ހިއްސާ ކުރަނީ
ގެއްލިގެން، ނުވަތަ ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބުތަކާއި ގުޅިގެން ކެންސަލު ކުރެވޭ ޕާސްޕޯޓުގެ މައުލޫމާތު އިންޓަޕޯލް އާއި ހިއްސާ ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިންޓަރޕޯލް އާއި ދިވެހި ސަރުކާރާއި ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެއްލުމުން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާއި ގުޅިގެން ކެންސަލު ކުރެވޭ ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓާޕޯލް އާއި ހިއްސާ ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ދިވެހީން ދަތުރު ކުރުމަށް ދޫކުރެވޭ ޕާސްޕޯޓު އާއި ދަތުރު ކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމުން އެ މައުލޫމާތު އިންޓާޕޯލްގެ ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް (އެސް.އެލް.ޓީ.ޑީ) ޑާޓާބޭސްގައި މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހިމަނަމުން ދިއުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެފައި ވެއެވެ.

އެފަދަ ހާލަތަކާއި ގުޅިގެން ރިޕޯޓު ކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްހަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްހަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ހާމަ ކުރެއެވެ.

އެހެން ކަމުން އެސް.އެލް.ޓީ.ޑީ ގައި ޕާސްޕޯޓު ގެއްލިފައިވާކަމަށް ނަވަތަ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ހިމެނިއްޖެނަމަ، އިންޓާޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ގައުމަކަށް އެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށާއި އެހެންކަމުން އެފަދައިން ރިޕޯޓު ކުރާފަހުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އިމިގްރޭޝަނުން ހުއްޓުވަމުން ދާނެ ކަމަށް އިމިގްރޭޝަންގެ އިއުލާނުގައި ހާމަކޮށްފައި ވެއެވެ.

އަދި ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމަށްފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ކުރިމަތިވެދާނެ ދަތި އުނދަގޫ ހާލަތަކުން ރައްކާތެރިވުމަށްޓަކައި އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް އެ އިދާރާއިން ވަނީ އާމުންނަށް އިލްތިމާސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް