
ފިޓްކޮށް ހުރުމަށް އެންމެ ބޮޑަށް ބަލަން ޖެހެނީ ތިމާ ކާ އެއްޗިސަށެވެ. އެހެންކަމުން ޝިލްޕާ އަކީ ސިއްހަތައް ފައިދާ ހުރި ކާ އެއްޗެހި އަމިއްލައަށް ތައްޔާރުކޮށްގެން ކާ ތަރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަރިއެކެވެ.
މިފަހުން ޝިލްޕާ އޭނާގެ އާއިލާ އާއިއެކު ރާއްޖެ އައިސްވެސް އެންމެ ސަމާލުކަން ދިނީ އޭނާ ކާން ބޭނުންކުރާ ތަކެއްޗަކީ ސިއްހަތައް ފައިދާކުރާ ތަކެތި ކަމުގައި ހެދޭތޯ އެވެ.
އެގޮތުން ޝިލްޕާގެ އިންސްޓަގްރާމް ސޯޓޯރީން މުޅިންވެސް ފެންނަނީ އޭނާ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ ސިއްހަތަށް ފައިދާކުރާ ކާތަކެއްޗެވެ.
އޭގެތެރޭގައި ސްޓޯބެރީއާއި ނަޓްސްގެ އިތުރުން މާމުއި އާއި އެކި ވައްތަރުގެ މޭވާގެ ބާވަތްތައް ހިމެނެއެވެ.
ޝިލްޕާ އިންސްޓަގްރާމަށް ލާފައިވާ އޭނަގެ ކެއުމެއް
މިއާއެކު ގިނަ ބަޔަކުދަނީ ޝިލްޕާ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އޭނާގެ ޑައިޓް ދޫކޮށްނުލާނެ ކަމަށް ބުނަމުންނެވެ.