ads
ރައީސް ނަޝީދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--
ކުޅުދުއްފުށީގައި ދަމަނަވެއްޓެއް ގާއިމުކުރާނަން: ހެލްތު މިނިސްޓަރު
ހދ. ކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވެފައި ވަނީ އެމް.ޑީ.ޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.

ބޮޑުތިލަދުންމަތީގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ކުޅުދުއްފުށީސިޓީއަށްކަމަށްވާއިރު، ކުޅުދުއްފުށީގައި ޕްރިވެންޓިވް ކެއާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ދަމަނަވެއްޓެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ނަސީމް ވަނީ ހާމަކުރައްވާފައެވެ.

އަދި ތިލަދުންމަތީގައި އެކަހެރިކޮށް ހުރި ރަށްރަށަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ކުރަން ހުރި ކުދިކުދި މަރާމާތުތައް، ބަޖެޓުގައި ނެތްނަމަ ވެސް، އެކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.ޖޫން މަހުގެ ނިޔަލަށް މި މަސައްކަތް ކޮށް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން  މިނިސްޓަރު ނަސީމު ވިދާޅުވީ އެކަހެރިކޮށް ހުރި ރަށްރަށަށް އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާ، އަންހެނުންގެ ހާއްސަ ޑޮކްޓަރުން ހަމަޖެއްސޭނެ ކަމަށާއި މީގެ ތެރޭގައި މަކުނުދޫއަށް ވަރަށް ހާއްސަކަމެއްދީގެން ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ މިއާއެކު މިނިސްޓަރު ނަސީމް ވިދާޅުވީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ އިތުރުން، އެތަންތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހޯދުމާއި، ވަސީލަތްތައް ހަމަކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

އެގޮތުން ލެބޯޓްރީ ނެތް ރަށްރަށަށް އަންނަމަހުގެ ތެރޭގައި މޯބައިލް ލެބްގެ ހިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި އެމްބިއުލާންސް ނެތް ރަށްރަށަށް ވެސް އަންނަ އޭޕްރީލްމަހުގެ ނިޔަލަށް އެމްބިއުލާންސް ހަމަކޮށްދޭނެކަމަށާއި، މިނިސްޓްރީން ކަނޑައަޅާފައިވާ ކެޓެގަރީތަކުން ޑޮކްޓަރުންނާއި ނަރުހުން މަދުވާ ރަށްރަށަށް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ޑޮޓްރުންނާއި ނަރުހުން ހަމަކޮށްދޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް