ads
ސިދާތު އަދި ކިއާރާ
ޕަޕަރާޒީން ކިއާރާގެ ފޮޓޯ ނަގާތީ ސިދާތު ރުޅިގަދަވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތް ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. ނަމަވެސް އެ ދެތަރިން އެކަމަށް އަދި އެއްބަސްވެފައެއް ނުވެއެވެ.

ނަމަވެސް ކިއާރާ، ސިދާތުގެ ގެއިން ވަރަށް ގިނައިން ވަދެ ނިކުންނަ މަންޒަރު ޕަޕަރާޒީންނަށް ވަނީ ފެނިފަ އެވެ. އެހެންކަމުން ގިނަ ޕަޕަރާޒީންތަކެއް ސިދާތުގެ ގޭގެ ދޮރުމަތީގައި ކިއާރާ ނުވަތަ ސިދާތު ނޫނީ އެދެމީހުން އެކީގައި ތިއްބާ ފޮޓޯއެއް ނެގުމަށް ފާރަވެރިވެގެން ތިބެ އެވެ.

ކިއާރާގެ ފޮޓޯތައް ޕަޕަރާޒީން ނަގާއި ނޫސްތަކުގައި އެވާހަކަަތައް ދައުުރުވާން ފެށުމުން ސިދާތު ކައިރިއަށް ރުޅި އައިސްގެން ވަނީ އޭނާގެ ގޭ ދޮށުގައި ހަރަކާތްތެރިވާ ޕަޕަރާޒީންނަށް ނިކުމެ އެއްޗެހި ކިޔާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިދާތު ވަނީ ކިއާރާގެ ފޮޓޯ ނުނެގުމަށް އެމީހުންނަށް އަންގާފަ އެވެ. މިހާރު ނަގާފައި ހުރި ފޮޓޯތައް ޑިލިޓު ކުރުމަށް ވެސް އެނާ އެންގި އެވެ.

ސިދާތު އާއި ކިއާރާ ރައްޓެހިވެގެން އުޅޭކަމަށް ދެކެވޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ދެމީހުން ވަނީ ރާއްޖެއަށް ވެސް އެކީގައި ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް