ads
ކަރަން އާއި ބިޕާޝާ-
ބިޕާޝާގެ ހިތް އަދިވެސް އޮތީ ރާއްޖޭގައި
ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާއަކީ ބޮލީވުޑުގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެމަފިރިން ނެވެ. އެ ދެތަރިން މިމަހުގެ 21 ވަނަ ދުވަހު ކަރަން ގެ އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައުމަށް ފަހު 24 ވަނަ ދުވަހު ވަނީ އަނބުރާ ގައުމަށް ދިޔުމަށް ފުރާފައެވެ.
Advertisement

ނަމަވެސް މިހާރު ބިޕާޝާ އިންޑިއާގައި ވީނަމަވެސް އޭނާ ދަނީ ރާއްޖެ މަތިން ހަނދާން ކުރަމުންނެވެ. އެކަން އެނގެނީ އޭނާގެ އިންސްޓާގުރާމްގައި އޭނާ އަދިވެސް ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ދާތީ އެވެ.

އަދި ރާއްޖެ މަތިން ވަރަށް ހަދާން ވާކަމަށް އެ ޕޯސްޓުތަކުގައި ބިޕާޝާ ބުނެފައި ވެއެވެ.

ބިޕާޝާގެ އިތުރުން އޭނާގެ ފިރިމީހާ ކަރަން ވެސް އަދިވެސް ރާއްޖެ މަތިން ހަނދާންވާކަން އިންސްޓާގްރާމްގައި ކުރާ ޕޯސްޓުތަކުން ހާމަ ވެއެވެ.

your imageބިޕާޝާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

ކަރަން ވަނީ އޭނާގެ އުފަން ދުވަސް އޭހާ ފުރިހަމަކޮށް ހޭދަވީވެސް އޭނާ ރާއްޖެއައުމުން ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ޒިޔާރާތްކުރި ބިޕާޝާއަކީ ބޮލީވުޑުގެ މަޝްހޫރު ތަރިއެކެވެ. އޭނާ ވަނީ ޖިސްމް އަދި ދޫމް ދެއަކާއި ރާޒް ފަދަ ފިލްމުތަކުން ފެނިފަ އެވެ. ޓީވީ ތަރި ކަރަންއާ އޭނާ ފުރަތަމަ ރައްޓެހިވީ ފިލްމު އެލޯންގެ ޝޫޓިންގެ ތެރެއިންނެވެ. އެެއަށް ފަހު 2016 އޭޕްރީލް 30 ގައި ކައިވެނިކުރި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް